މާލެ: 31°C

މުޒާހަރާއަކަށް ފަހު ނޫސްވެރިންގެ ސިޓީއެއް ރައީސަށް

މުޒާހަރާއަކަށް ފަހު ނޫސްވެރިންގެ ސިޓީއެއް ރައީސަށް
May 4, 2023
2 ފަހަރު ބަލާފައި
މުޒާހަރާއަކަށް ފަހު ނޫސްވެރިންގެ ސިޓީއެއް ރައީސަށް
އިއްޔެ، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، ދިވެހި ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާ މެދު އަޑުއުފުލުމަށް ފަހ،ު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ސިޓީއެއް ރައީސް އޮފީހަށް ހުށަހަޅައިފިއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސް ނަގައިގެން އިއްޔެ ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި އެކި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ބައިވެރިވި އެވެ. ނޫސް ވެރިންގެ މައިގަނޑު ކަންބޮޑުވުން ތަކަކީ :-
  • ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާ މައްސަލަ؛
  • ގާނޫނު މިހާރު އޮތް ގޮތަށް އޮންނާތީ ނޫސްވެރިންނަށް މަސްދަރު ހާމަކުރަން ޖެހިދާނެ ކަމުގެކަންބޮޑުވުން
  • އިދާރާ ތަކުން ފުރިހަމައަށް މައުލޫމާތު ނުދީ ހިފެހެއްޓުމާއި މައުލުމާތު ހޯދުމުގެ ދަތިކަން
  • ހާރިޖީ މަސްލަހަތުގެ ބިލުން ނޫސްވެރިން އިސްތިސްނާ ނުކުރުން
  • މިއަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ދިއުން
  • އިންތިހާބާ ދިމާކޮށް ގާނޫނަށް ގެންނަން ހުށަހަޅާފައި އިސްލާހުތަ
  • ނޫސްވެރިންނަށް އިންޒާރު ދޭ މައްސަލައިގައި ފިޔަވަޅު ނޭޅުން
  • ނޫސްވެރިންނަށް އަނިޔާ ލިބުން
ދިވެހި ނޫސްވެރިންގެ މިކަންބޮޑުވުން ތަކާ މެދު އަޑު އުފުލުމަށް ފަހު، އިއްޔެ ރައީސަށް ހާއްސަ ސިޓީއެއް ހިފައިގެން ވަރަށް ގިނަ ނޫސްވެރިން ރައީސް އޮފީސް ދޮށަށް އެއްވިއެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ