ރައީސް ސޯލިހު ވިދާޅުވީ، އެ ދެރަށް ގުޅާލުމުގެ މަޝްރޫއު މިހާރު އޮތީ ޕްލޭން ކުރެވިފައި ކަމަށެވެ. އެގޮތުން މުލީ އެއާޕޯޓް މި އަހަރު ނިމުމާ އެކީގައި ދެ ރަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގައި ފެނާގެ ނަރުދަމާގެ ހިދުމަތް ދިނުމަށް މިހާރު ފަށާފައި އޮތް 141 ރަށުގައި އެ މަސައްކަތް މި އަހަރުގެ ތެރޭގައި މުޅިން ނިންމައި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، 150 ރަށުގެ އިންޖީނުގެ މިހާރު ބަދަލުކުރެވިފައިވާ ކަމަށާއި އެއީ ކުރިއަށް އޮތް 40 އަހަރު ނުވަތަ 50 އަހަރަށް އަމާޒުކޮށްގެން ކުރިއަށްގެން ގޮސްފައިވާ ބޮޑު މަޝްރޫއެއް ކަމަށެވެ.
ރައީސް ސޯލިހު ކުރަމުންގެންދަވާ ތިން ދުވަހުގެ މި ކެމްޕޭނު ދަތުފުފުޅުގައި މ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ކޮޅުފުއްޓަށެވެ. އެއަށްފަހު މިހާރު ރައީށް ސޯލިހު ހުންނެވީ ނާލާފުށީގަ އެވެ. މީގެއިތުރުން މިއަދު އެ އަތޮޅުގެ މުލި އަދި މުލަކަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް މިރޭ މުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް އާއިއެކު އެމްޑީޕީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނަަވައެވެ.






