
މުވައްޒަފު ނެގީ ކުއްޔަށް ދެއްކި ފައިސާ، ތިޖޫރީއަކުން ވައްކަމެއް ނުކުރޭ: އެޗްޑީސީ
މުވައްޒަފު ނެގީ ކުއްޔަށް ދެއްކި ފައިސާ، ތިޖޫރީއަކުން ވައްކަމެއް ނުކުރޭ: އެޗްޑީސީ
ލިޔުން:
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ވަކިކުރީ ތިޖޫރީން ވައްކަން ކޮށްްގެން ނޫން ކަމަށާއި އެ މުވައްޒަފު ނެގީ އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާ ކަމަށް އެ ކޯޕަރޭޝަނުން މިއަަދު ބުނެފި އެވެ.
އެޗްޑީސީގެ ތިޖޫރީން ވައްކަންކުރި މުވައްޒަފުކު ވަޒީފާއިން ވަކިކޮށްފައިވާ ކަަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރުގެ ސައްހަ މައުލޫމާތު ދޭން އެކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު މުވައްޒަފަށް ލިބިފައިނުވާ ކަމަށެވެ. އެކުންފުނީގެ އިންޓާނަލް ކޮންޓްރޯލާއި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ ކަމަކަަށް ޖާގައެއް ނުލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...މި މައްސަލަ ވެސް [ކުއްޔަށް ދެއްކި ފައިސާ އަމިއްލަ ބޭނުމަށް ނެގި މައްސަލަ] ވެސް އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ މި ކޮންޓްރޯލްތައް ގާއިމްކުރެވިފައި ވާތީކަން ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި މުވައްޒަފު ވަކިކުރީ އާއްމު ފަރާތަކުން ކުއްޔަށް ދެއްކި ފައިސާ، ލިބިއްޖެ ކަމުގެ ރަޝީދު އެ ފަރާތަށް ދޫކުރުމަށް ފަހު އެކޯޕަރޭޝަނުގެ މާލިއްޔަތަށް ނުވައްދައި، (ރިކޮންސައިލް ނުކޮށް) އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވިގެންނެވެ. އެކަން ފާހަގަކުރެވުނީ އެޗްޑީސީން ބުނި ގޮތުގައި ، ރިކޮންސައިލްކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުންނެވެ.
"...މިއަމަލަކީ އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރިކުރާ އަމަލެއްކަން ފާހަގަކޮށް، އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން، ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދަންނަވަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
ވަކިކުރި މުވައްޒަފުން ނެގީ ކިހާ ފައިސާއެއްކަން އެފއިސާ އެޗްޑީސީއަށް އަނބުރާ ހޯދިފައިވާކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ ކޯޕަރޭޝަނަކުން އަދި ނުބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
