މާލެ: 31°C

މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ފަށައިފި

މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ފަށައިފި
June 17, 2023
2 ފަހަރު ބަލާފައި
މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ފަށައިފި
މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރުއެޅުމަށް "މޯލްޑިވްސް ފޯ ދި އޯޝަންސް" ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.

ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ހިންގާ ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ރިސޯޓްތައް ހިމޭނެ ގޮތަށް ރާއްޖޭގެ 302 ރަށެއްގައި ކުރިޔަށްދާނެ ކަމަށެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ އިތުރުން މި ހަރަކާތުގައި ސްކޫލު ދަރިވަރުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އާންމުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމާއި މޫދުން ޕްލާސްޓިކް ނެގުމުގެ މަސައްކަތްތައް އެ ހަރަކާތުގެ ތެރެއިން މިއަދު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. "މޯލްޑިވްސް ފޯ ދި އޯޝަންސް"ގެ ދަށުން، ތިމާވެއްޓާއި ކަނޑުފަޅު ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް "އޯޝަން ޕްލެޖް" ވައުދުގައި ބައިވެރިވުމާއި، މާކަނޑުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ "އޯޝަން ލެސަން"ގެ އިތުރުން ރަށްރަށުގެ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމާއި، ކަނޑާއި ފަޅުތެރެ އަދި ފަރުމަތި ސާފުކުރުމަށް ހިންގާ ހަރަކާތް ހިމެނެއެވެ. ޕާލޭއިން ބުނީ އެ ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގަނެ، ބާރުއަޅަން ހިތްވަރު ދިނުން ކަމަށެވެ. ޕާލޭއިން މިދިޔަ އަހަރު ވެސް ވަނީ އެމްޕީއެލްގެ އެހީތެރިކަމާއި އެކުގައި 128 ރަށުން އަންނަ ޕްލާސްޓިކް އެއްކުރެވޭނެ ގޮތް ހަދަން މަސައްކަތް ފަށައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ