
މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިގެން ގދ ތިނަދޫން ގޯތިދޫކުރަން ނިންމައިފި
މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިގެން ގދ ތިނަދޫން ގޯތިދޫކުރަން ނިންމައިފި
ލިޔުން:
މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިގެން ގ.ދ ތިނަދޫ އިން ގޯތިދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ ސައުދް "މިނިވަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ގޯތި ދޫކުރުން ނިންމާފައިވަނީ ފަސް ކެޓެގަރީ އަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަަމަ ދެ ކެޓެގެރީ ގައި ހިމެނެނީ، ތިނަދޫގައި ރަޖިސްޓަރީ އޮންނަ ކޮންމެ މީހަކަށް ކުރިމަތި ލެވޭ ކެޓެގެރީ އަކާއި، އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ތިނަދޫގެ ރަޖިސްޓަރީގައި ނުހިމެނޭ މީހުންގެ ކެޓެގެރީއެވެ.
އަނެއް ތިން ކެޓެގެރީ އަކީ، ޕޮރޮފެޝަނަލް ދާއިރާއާއި، އެކަނިވެރި މައިންނާއި ބަފައިންގެ ކެޓެގެރީގެ އިތުރުން ތިނަދޫގައި އިންވެސްޓް ކޮށްގެން ވިޔަފާރި ކުރާ ރަށުން ބޭރުގެ މީހުންނަށް ކުރިމަތިލެވޭ ކެޓެގެރީއެވެ.
އެހެން ކަމުން ސައުދު ވިދާޅުވީ، ތިނަދޫއިން ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިހާރުން ފެށިގެން އަންނަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އެގޮތުން ގޯއްޗަށް އެދި ހުށާހަޅާ ފޯމް މިހާރިވަނީ ގެޒެޓް ކުރެވިފައި ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ، ގޯއްޗާބެހޭ މައުލޫމާތު ދިނުމުގެ ސެޝަންއެއް މިރޭ ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތް ކަމަށާއި، އެ ސެޝަނުން ރައްޔިތުނަށް ދޫކުރާ ގޯތިތަކާބެހޭ ފުރިހަމަ މައުލޫމާތު ދެވިގެން ދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
