މ. މުލީގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރި ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސާލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ”މިނިވަން” އަށް މައުލޫމާތުދެމުން ވިދާޅުވީ، މުލީގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގައިގައި ތަޅައި މާރާމާރި ހިންގި މައްސަލައެއް މިމަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މާރާމާރީ އާއި ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އުމުރުން 24 އަހަރުގެ މީހާވަނީ ދޫކޮށްލާފައި ކަމަށާއި، އުމުރުން 29 އަހަރުގެ މީހާ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އާއިލާ ފަރާތުން އެދިފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު އެކަން ދޮގު ކޮށް މިނިވަން އަށް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެއްވެސް ފުލުހަކު އެދިފައި ނުވާނޭ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މުލީގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
މުލީގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
