މާލެ: 31°C
މުލީ ގައި ކުޑަކުއްޖަކަށް އަަނިޔާކޮށް މާރާމާރި ހިންގި މައްސަލައެއް ފެންމަތި ވެއްޖެ

މުލީ ގައި ކުޑަކުއްޖަކަށް އަަނިޔާކޮށް މާރާމާރި ހިންގި މައްސަލައެއް ފެންމަތި ވެއްޖެ

January 24, 2024
3 ފަހަރު ބަލާފައި
މުލީ ގައި ކުޑަކުއްޖަކަށް އަަނިޔާކޮށް މާރާމާރި ހިންގި މައްސަލައެއް ފެންމަތި ވެއްޖެ
މ. މުލީގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރި ހިންގި މައްސަލަ އެއް ފެންމަތި ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން "މިނިވަން" އަށް މައުލޫމާތުދެމުން ކުއްޖާގެ އާއިލާ އިން ބުނީ، މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި ހާދިސާ ހިނގި ތަނުގައި އެވަގުތު ފުލުހުން ވެސް ތިބި ކަމަށެވެ. އަދި އާއިލާ އިން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނޭ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. ކުއްޖާގެ އާއިލާ އިން ބުނީ އެ މައްސަލަ އެ ރަށުގެ ޕޮލިސްޓޭޝަނަށް ހުށަހަޅާފައިވީއިރު ވެސް އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މުލީ ޕޮލިސްޓޭޝަނުން އާއިލާ އަށް ގުޅައި މައްސަލަ އަނބުރާ ގެންދިއުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އާއިލާ އިން އެ މައްސަލަ ދޫކޮށްލަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދާ ކަމަށް ވެސް ކުއްޖާގެ އާއިލާ އިން ވަނީ މައުލޫމާތުދީފައެވެ. މި މައްސަލައާ ގުޅިގެން ރަސްމީ އެއްވެސް އިދާރާ އަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ