މާލެ: 31°C
މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ރާފުޅިތަކެއް ހޯދައިފި

މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ރާފުޅިތަކެއް ހޯދައިފި

March 3, 2024
3 ފަހަރު ބަލާފައި
މުލަކު ހޭޅިފަށުގައި ފޮރުވާފައި ހުރި ރާފުޅިތަކެއް ހޯދައިފި
މ. މުލަކުގެ ހޭޅިފަށުގައި ފޮރުވާފައި ހުރި ރާފުޅިތަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ އެ ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އެ އޮޕަރޭޝަނުގައި ރަށު ބަނދަރާދިމާ ހޭޅިފަށް ބަލައިފާސްކުރި އިރު ފޮށިގަނޑެއްގައި ހުރި 20 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ