މާލެ: 31°C

މުއިއްޒު ވިދާޅުވަނީ ވިލިމާލެއަށް ބަސްތައް އެރުވީ ވަގަށް ކަމަށް!

January 19, 2023
2 ފަހަރު ބަލާފައި
މުއިއްޒު ވިދާޅުވަނީ ވިލިމާލެއަށް ބަސްތައް އެރުވީ ވަގަށް ކަމަށް!
މުއިއްޒު ވިދާޅުވަނީ ވިލިމާލެއަށް ބަސްތައް އެރުވީ ވަގަށް ކަމަށް!
ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން، އެމްޓީސީސީން އެއަވަށަށް ގެންދިޔަ ބަސްތަކީ ސަރުކާރުން އެ އަވަށަށް "ވަގަށް އަރުވާފައިވާ" ބަސްތަކެއް ކަމަށް  މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފި އެވެ. އެމްޓީސީސީން ވިލިމާލެއަށް ގެންދިޔަ ބަސްތަހުގެ ފޮޓޯއަކާ އެކު މިއަދު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ މާލޭ ސިޓީކައުންސިލްގެ ހުއްދައެއް ހޯދުމަކާނުލައި ގަވައިދާ ހިލާފައް ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާކަމަށެވެ. ފުލުހުންނަށާއި އެލްޖީއޭގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފޫޒުފޯރުވަން ސަރުކާރުން ކުރިކަމަށް ވެސް މުއިއްޒު ތުހުމަތުކުރެއްވި އެވެ. [embed]https://twitter.com/MMuizzu/status/1615917999789342720?s=20&t=7mP0WHLMeOjf0jk7-JPp-g[/embed] "ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ޤާނޫނުތައް މުގުރާލުން އިންތިހާގައި" އޭނާ ވިދާޅުވި އެވެ. އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭންއުޅޭތީ، މާލޭ ސިޓީ ކައުންސިލުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކައުންސިލުން އިއްޔެ ބޭއްވި، އެކައުންސިލްގެ މިދައުރުގެ 85 ވަނަ ޖަލްސާގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރުވެފައިވަނިކޮށް ސަރުކާރުން އެގޮތަށް ކަންތައްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވީ ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާނެކަން ކައުންސިލާ މަޝްވަރާ ނުކޮށް އިއުލާނުވެސް ނުކުރެވޭނެ ކަމަށެވެ. ވިލިމާލޭގައި ބަގީ އަދި ބަހުގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ބެހޭ ގޮތުން ހިޔާލު ހޯދަން، ވިލިމާލޭގައި ދިރިއުޅޭ ބައެއް މީހުންނާ "މިނިވަން" ކުރި ސުވާލުތަކަށް ޖަވާބުދިން ބައެއް މީހުން އެމީހުން ބުނީ ބަގީގެ ހިދުމަތާއި ބަހުގެ ހިދުމަތް ވެސް އެމީހުންނަށް ރަނގަޅުކަމަށެވެ. އެކަކު ބުނީ ސަރުކާރާއި ކައުންސިލުގެ ކޯޅުމާ އެކު ދެ ހިދުމަތް އެއްފަހަރާ އަައުމުން އޭގެ ފައިދާ ވަނީ ރައްޔިތުންނަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ