މާލެ: 31°C
މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

August 3, 2023
2 ފަހަރު ބަލާފައި
މުއިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި
މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ. މުއިއްޒު ޕީއެންސީއަށް ސޮއި ކޮށްފައިވަނީ، މިއަދު އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، ޓިކެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުންނެވެ. އެގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ވަނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލެވިފައެވެ. އަދި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ. ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމާފައި މިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަ ނުކުރެވޭ ހާލަތެއްގައި އެ ދެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ބޭފުޅަކު ނެރެން އެމަނިކުފާނު ލަފާ އެރުވުމުންނެވެ. އަދި އެ ކެންޑިޑޭޓް ވާން ޖެހޭނީ އިދިކޮޅު ލީޑަޝިޕްގައި ހިމެނޭ ބޭފުޅަކަށް ކަމަށްވެސް ޔާމީން އަންގަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ޕީއެންސީ ރިޔާސީ ޓިކެޓަށް މިވަގުތު ނުރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަޑުތައް އަންނަނީ ފެތުރެމުންނެވެ. ޕީޕީއެމްގެ އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި، މުއިއްޒު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައި ޕީއެންސީއަށް ސޮއިކުރެއްވީ، ޕީއެންސީގެ ސެނެޓުން އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ