މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ މުއިއްޒުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒަށް ހުކުމް ކުރުން އީދު ބަންދަށްފަހު!

ނޫމަޑި މައްސަލައިގައި ޑރ. މުއިއްޒަށް ހުކުމް ކުރުން އީދު ބަންދަށްފަހު!
ލިޔުން:
މާލޭގެ މޭޔަރު، އަދި ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ނޫމަޑި މައްސަލާގައި ދޮގު ބަޔާނެއް ދެއްވި މައްސަލައިގެ އަޑު އެހުންތައް ނިމި، އީދު ޗުއްޓީ އަށްފަހު ހުކުމް ކުރުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ހަސްމުން ހުލާސާ ބަޔާން ވަނީ އިއްވާފައެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ މިސްބާހު ވިދާޅުވީ ރަސްމީ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
މުއިއްޒު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައެއްގައި ނެދަލޭންޑްސްގެ އާބިޓްރޭޝަން ކޯޓަކަށް އެ ރިސޯޓުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އޭރު ހައުސިންގ މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނެވިއިރު، ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ.
މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ވަނީ އެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ބުނާ ބަޔާނެއް ދީފައެވެ. ނަމަވެސް އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ އެއްވެސް މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ބަޔާން ދެއްވާފައިވެއެވެ.
އަދި ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް ބުނެ ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
