މާލެ: 31°C
ރައީސް މައުމޫނުގެ ވެރިކަމަށްފަހު މާލޭގެ މަގުތަށް ވަނީ އަޅާނުލައި ދޫކޮށްލާފައި: ރައީސް

ރައީސް މައުމޫނުގެ ވެރިކަމަށްފަހު މާލޭގެ މަގުތަށް ވަނީ އަޅާނުލައި ދޫކޮށްލާފައި: ރައީސް

18 ޖުލައި 2026
164 ފަހަރު ބަލާފައި
ރައީސް މުއުމޫނުގެ ވިރިކަމަށްފަހު މާލޭގެ މަގުތަށް ވަނީ އަޅާނުލައި ދޫކޮށްލާފައި: ރައީސް

މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް މީގެ ކުރިން ހިންގާފައިވަނީ ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، މާލޭގެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށާއި، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް މީގެ ކުރިން ހިންގާފައިވަނީ ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި ކަމަށެވެ.

އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ