މާލެ: 31°C

ފައިސަލް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައި މުހުތާޒުގެ މާނަފުން ޓްވީޓެއް

January 28, 2025
1559 ފަހަރު ބަލާފައި
ފައިސަލް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައި މުހުތާޒުގެ މާނަފުން ޓްވީޓެއް
ޓޫރިޒަމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ ދަރިފުޅު ފައިސަލް އިބްރާހީމް އެމަގާމުން ވަކިކުރައްވާފައިވާ ދަނޑިވަޅެއްގައި، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން މާނަފުން ޓްވީޓެއް ކުރައްވައިފިއެވެ. 

ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި ‏ގައުމުގެ ވަލީއުލް އަމްރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އަކީ މި ލޮބުވެތި ވަތަނުގެ މަސްލަހަތު ދަމަހައްޓާނެ އެންމެމަތީ ކުންނެވެ.
ފަރުދީ މަސްލަހަތަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ކަރާމާތް ބޮޑެވެ. މިގައުމުގެ ހައްޤުގައި އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅަކީ ޙިކުމަތްތެރި އިބުރަތުން ފުރިގެންވާ ފިޔަވަޅެއްކަން ޔަގީން،" މުހުތާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. 
ފައިސަލް މަގާމުން ވަކިކުރެއްވީ މިއަދު އޮފީހުގެ ރަސްމީ މަސައްކަތަށް ވެސް ނިކުންނެވި ފަހުން ކަމަށްވެއެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ފައިސަލް މަގާމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ