
މުޣުނީ ސްޓޭޓް މިނިސްޓަރު ކަމުން ވަކިކޮށްފި
މުޣުނީ ސްޓޭޓް މިނިސްޓަރު ކަމުން ވަކިކޮށްފި
ލިޔުން:
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށްފިއެވެ.
މުޣުނީ މަގާމުން ވަކިކުރީ ރައީސް ސޯލިހަށް ވަގު ތުހުމަތުކުރައްވާ ކުރެއްވި ޓްވީޓަކާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ކަމަަށް ބެލެވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު 'މިނިވަން' އަށް ވިދާޅުވީ، މުޣުނީ މަގާމުން ވަކިކުރީ މިއަދުކަމުގައެވެ.
މުޣުނީގެ ކުރެއްވި ޓްވީޓެއްގައި ވަނީ "ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާއެކީ" ކަމަށެވެ. އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް ފާޑު ވިދާޅުވެފައިވެއެވެ.
އެނގިފައިވާގޮތުގައި އެ ޓްވީޓާގުޅިގެން އޭނާ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްދީފައިވެއެެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ހުންނެވި ހަސަން މުޣުނީ ކުރިން އަދާކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމެެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ ސިޔާސީ މުވައްޒަފުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވެފައިވާތީ ކަމަށް ވެއެވެ.
މުޣުނީ މަގާމުން މިއަދު ވަކިކުރި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އާއި ދެމެދު ހޫނު ޓްވީޓްތަކެއް ވަނީ ބަދަލުކުރަށްވާފައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
