މާލެ: 31°C

މުޑުދާރުކޮށް ދުފާތަކެތި ތައްޔާރުކުރާ ތަނެއް ބަންދުކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށް ގެނެސްފި

މުޑުދާރުކޮށް ދުފާތަކެތި ތައްޔާރުކުރާ ތަނެއް ބަންދުކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށް ގެނެސްފި
September 2, 2024
2 ފަހަރު ބަލާފައި
މުޑުދާރުކޮށް ދުފާތަކެތި ތައްޔާރުކުރާ ތަނެއް ބަންދުކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށް ގެނެސްފި
ވިޔާފާރިބޭނުމަށް ދުފާތަކެތި ތައްޔާރުކުރާ ތަނެއް ބަލައިފާސްކުރުމަށްފަހު އެތަން ބަންދުކޮށް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މިއަދު އިމިގްރޭޝަނުން އެކްސްގައި ޙާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދިވެހިން އާންމުކޮށް ދުފުމަށް ބޭނުންކުރާ ތަކެތި އުފެއްދުމުގެ ވިޔާފާރި ކުރާކަމުގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް" އަށް ލިބުމާގުޅިގެން އިއްޔެ ވަނީ ދެތަނެއް ބަލައި ފާސްކޮށްފައިކަމަށެވެ. އެގޮތުން އެތަންތަން ބަލައި ފާސްކުރިއިރު ދެވަނަ ތަނުގައި ޑެލިވެރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަން ފާހަގަކުރެވުމާއެކު ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއެކު އެތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާނެކަމަށާއި. އަދި އެތަނުނ 02 ބިދޭސީއަކު  އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ