މާލެ: 31°C

މުދަލުގައި އަގުޖަހަން އަންގައިފި

March 23, 2025
1407 ފަހަރު ބަލާފައި
މުދަލުގައި އަގުޖަހަން އަންގައިފި
ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިއްކާ މުދަލުގައި އަގުޖަހާފައި ބެހެއްޓުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ ފިހާރަތަކުން ވިއްކާ މުދަލުގައި އަގުޖަހާފައި ބެހެއްޓުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ސިޓީގެ ބައެއް ފިހާރަތަކުން ވިއްކާ މުދަލުގައި އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އެ ސިޓީގެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބަހައްޓައިގެން ނުވާނެ ކަމަށެވެ.

      އަދި ކުޅުދުއްފުށި ސިޓީގައި މުދާ ވިއްކާ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުކަންދެއްވާ، ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ވިއްކަން ބަހެއްޓުމަށް އެ ކައުންސިލްގެ އިއުލާނުގައި ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ