މާލެ: 31°C
މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ

January 12, 2024
3 ފަހަރު ބަލާފައި
މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ
މިދިޔަ އަހަރަށް ވުރެ މިއަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު ކުޑަކޮށް ދަށްވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،140ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރު ވަނީ ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އައިސްފައެވެ. އެގޮތުން މެއި މަހު ނިސާބަށް ކަނޑައެޅި މިންވަަރަކީ 7،312.55ރ. އެވެ. މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިސާބުގެ މިންވަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ހަމަވެފައި ހުންނަތާ 1 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. ޕަސެންޓުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ. ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މިނިސްޓީން ކުރިން ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ