މާލެ: 31°C

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި
May 3, 2023
2 ފަހަރު ބަލާފައި
މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި
މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިސާބުގެ ދިވެހި ރުފިޔާގެ މިންވަރު އިސްލާމިކް މިނިސްޓްރީން އިއްޔެ ބޮޑުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ 7،312.55 ރުފިޔާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ކަނޑައަޅާފައިވާ ގޮތުން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުން ދައްކަން ޖެހުނީ 7062.65 ރުފިޔާއެވެ. އެގޮތުން މި ބަދަލާއި ގުޅިގެން ވަނީ 249.9 ރުފިޔާގެ އިތުރުވުމެއް ގެނެވިފައެވެ. މުދަލު ޒަކާތް ދެއްކުމަށް މީރާގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު ދައްކާލެވޭނެއެވެ. ރާއްޖޭގައި ރިހީގެ އަގަށް ބަދަލު އަންނަ ކޮންމެ ފަހަރަކު މުދަލުގެ ނިސާބަށް ވެސް ބަދަލު އަންނާނެއެވެ. މުދަލު ޒަކާތަކީ ތިމާގެ މުދަލުގެ ނިސާބު ހަމަވެ ހިޖުރީ ގޮތުން ބަލާއިރ އަހަރު ހަމަވ،ެ ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ އޭގެ 40 ބައިކުޅަ އެއްބައި ނެރެން ޖެހޭ ޒަކާތެވެ. ރާއްޖޭގައި މުދަލު ޒަކާތް ދައްކާ އަދަދު ފިތުރު ޒަކާތް ދައްކާ އަދަދާއި ބަލާއިރު ވަރަށް މަދު ކަމަށް ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ