މާލެ: 31°C
މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ

މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ

July 16, 2024
2 ފަހަރު ބަލާފައި
މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ
މުދަލަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީތެރި ކަމަށް އެދި ފުލުހުން އިއުލާނު ކޮށްފިއެވެ. ފުލުހުން ބުނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި / މާފޮޅޭގެ، އުމުރުން 34 އަހަރުގެ އަބްދުﷲ ސިމާހު އެވެ. ފުލުހުން ބުނީ، ސިމާހު ހޯދަމުންދަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި، ބަންދުގައި ބަހައްޓައިގެން މާދަމާ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ. އެގޮތުން، ސިމާހު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ