މާލެ: 31°C

މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި

February 2, 2025
376 ފަހަރު ބަލާފައި
މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި
ހިލަވެއްޔާއި ސިމެންތި ހިފައިގެން މާލެއިން  ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

ހިލަވެއްޔާއި ސިމެންތި ހިފައިގެން މާލެއިން  ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

"ވެނިސް" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ސަޕްލައި ދޯނި ފަރަށް އެރީ ނ. މާވައިދޫ ކައިރިން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މައްސަލަ ރިޕޯޓްކުރީ ރޭ ދަންވަރު ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ.

އެމްއެންއެންޑީއެފްއިން ބުނީ އެ ދޯނީގައި 13 މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އުޅަނދުތައް ފަރަށް އެރުމުގެ ހާދިސާތައް ދޭތެރެ ދޭތެރިން ހިނގާއިރު އެފަދަ ހާދިސާތަކުގައި ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ