
އެމްޓީޑީގެ ފަރާތުން ޖޭޕީއާ މަޝްވަރާކުރާނީ މިޓީމުން!
އެމްޓީޑީގެ ފަރާތުން ޖޭޕީއާ މަޝްވަރާކުރާނީ މިޓީމުން!
ލިޔުން:
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ މޯލްޑިވްސް ތާޑުވޭ ޑިމޮކްރޭޓްސް (އެމްޓީޑީ)އިން ޖުމްހޫރީ ޕާޓީއާ މަޝްވަރާކުރާނެ ޓީމެއް އެކުލަވާލައިފި އެވެ.
އެމްޓީޑީން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނީ ތިން ބޭފުޅުންގެ ޓީމަކުން ކަމަށެެވެ. އެއީ އެޕާޓީގެ ސީނިއާ ކައުންސިލް މެމްބަރު އަބްދުއް ރަޝީދު ނާފިޒާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް (ޝުމްބާ) އާއި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމެވެ.
[embed]https://minivan.mv/85803/[/embed]
[embed]https://twitter.com/MTDSecretariat/status/1645080703233839105?s=20[/embed]
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ފަރާތުން ނުކުމެވަޑައިގަންނަވާ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެޕާޓީން ހަދާ ކޯލިޝަނުގައި ބައިވެރިވުމުގެ ދައުވަތު އެމްޓީޑީއަށް ދެއްވައިފަ އެވެ. ގާސިމް ސޮއިކުރައްވައި އެމްޓީޑީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތީން ގައުމުގެ ކަންކަން އިސްލާހުގެ މަގަަށް ގެންދިއުމަށް މަގުފަހި ކުރުމަށް އެމްޓީޑީއާއެކު މަޝްވަރާ ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޖޭޕީއާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާ އެމްޓީޑީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ފޮނުވުމަށް ވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
