މާލެ: 31°C

އެމްޓީސީސީވެސް ފެންހިންދުމުގެ މަސައްކަތާ ބައިވެރިވެއްޖެ

March 2, 2025
160 ފަހަރު ބަލާފައި
އެމްޓީސީސީވެސް ފެންހިންދުމުގެ މަސައްކަތާ ބައިވެރިވެއްޖެ
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމާގުޅިގެން އެމްޓީސީސީ އިން ވެސް ނިކުމެ ފެންހިންދުމުގެ މަސައްކަތުގައި ބައިވެރިވެއްޖެއެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމާގުޅިގެން އެމްޓީސީސީ އިން ވެސް ނިކުމެ ފެންހިންދުމުގެ މަސައްކަތުގައި ބައިވެރިވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިއްޔެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމާގުޅިގެން އެމްއެންޑީއެފް އިން ކުރަމުންދާ ފެންހިންދުމުގެ މަސައްކަތުގައި މިހާރުވަނީ އެމްޓީސީސީގެ ފަޔަރ އެންޑް ސޭފްޓީ މުވައްޒަފުން ދަނީ ބައިވެރިވަމުންނެވެ.

އެގޮތުން އެމްޓީސީސީގެ ފަޔަރ އެންޑް ސޭފްޓީ މުވައްޒަފުން ކުރެއްވި މަސައްކަތުން މިހާތަނަށް 250 ޓަނުގެ ފެން ހިއްކާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

އެމެޓީސީސީ އިން ބުނެފައިވަނީ އެކުންފޫނީގެ މުވައްޒަފުންނަކީ ގައުމަށް ކުރިމަތިވާ ކުއްލި ހާލަތްތަކުގައި އެ މުވައްޒަފުންގެ އެހީތެރިކަން ގައުމަށް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭ ނބައެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ