މާލެ: 31°C

އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާނު

February 16, 2025
94 ފަހަރު ބަލާފައި
އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާނު
އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އައްޔަނުކޮށްފި އެވެ.

އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އައްޔަނުކޮށްފި އެވެ.

ސިނާން އެ މަގާމަށް އައްޔަން ކުރިތާ ހަފުތާއެއް ވެފައިވާއިރު، މީގެ ކުރިން އޭނާ ވަނީ އެމްޓީސީސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. ސިނާން އެމްޓީސީސީގެ ބޯޑުގައި ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭގެ ކުރިން 2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭނާ ވަނީ ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލުކޮށްފައިވާ ސިނާން ވަނީ 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައިވާ ސިނާން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. "މިއަދު" ނޫހާއި "ހަވީރު" ނޫހުގައި މަސައްކަތް ކުރެއްވުމަށް ފަހު އޭނާ ވަނީ 2008 އިން 2018 ވަނަ އަހަރަށް ސަން ޓީވީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ