އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުން އައްޔަނުކޮށްފި އެވެ.
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުން އައްޔަނުކުރެއްވުމާ ގުޅިގެން އެމްޓީސީސީއިން ވަނީ އޭނާ އަށް މަރުހަބާ ދަންނަވާފައެވެ. އަޙްމަދު ޝަރީފަކީ ކުރީ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ނަން-އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަޙްމަދު ޝަރީފް އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވުމާއި ގުޅިގެން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި މިހާރުވެސް ހުންނެވި މުހައްމަދު ޖަމްޝީދު އާއިއެކު އެ ކުންފޫނީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުގައި 2 ބޭފުޅުން ތިއްބަވާނެއެވެ.







