
"އެމްޓީއޭ" ގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފި
"އެމްޓީއޭ" ގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފި
ލިޔުން:
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ގެ ނަމުގައި ޖަމިއްޔާއެއް އިފުތިތާހުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އިސްކޮށް ހުންނަވައިގެން އުފެއްދެވި މި ޖަމިއްޔާ ރޭ އިފްތިތާހުކޮށްދެއްވީ މާލެސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
މި ޖަމިއްޔާއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކަށް އެއްބާރުލުންދީ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތު ކުރުމުގެ މުހިންމު މަގްސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.
އެގޮތުން، މި ޖަމިއްޔާއިން ކުރިއަށް އޮތް ތަނުގައި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ވިޔަފާވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ހަމައަށް ގެންގޮސް ދިނުމަށް މަސައްކަތް ކުރާނެއެވެ.
އަދި ވިޔަފާރިވެރިންގެ ހައްގުގައި އަޑު އުފުލުމުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމުގައި މަސައްކަތް ކުރާނެއެވެ. އަދި ރާއްޖެއަށް ދިމާވާ އިގްތިސާދީ މައްސަލަތައް ފާހަގަކޮށް އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަޝްވަރާދީ، އެ މަގުން ބިނާ ކުރުވަނިވި ގޮތުގައި ހިޔާލު ފާޅުކޮށް ދިވެހި އިގްތިސާދު ކުރިއެރުވުމަށް ވެސް މި ޖަމިއްޔާއިން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެއެވެ.
އޭގެ އިތުރުން، ވިޔަފާރި އާއި އިގްތިސާދާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާ ކުރުވަނިވި ގޮތެއްގައި މިނިވަންކަމާއެކު ފާޑުކިއުމުގެ އިތުރުން ސަރުކާރުތަކުން އެކުލަވާލާ އިގްތިސާދީ ސިޔާސަތުތަކަށް ފަންނީ ލަފާ ދިނުމާއި އެ ސިޔާސަތުތައް އެކުލެވިގެންދާއިރު ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޖަމިއްޔާ އިން ވެދެވެން އޮތް އެހީތެރިކަމެއް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
