އެމްއާރްއެމް އުވާލަން ސަރުކާރުން ނުފޫޒު ފޯރުވާފައެއް ނުވާނެ: މިއުވާން

އެމްއާރްއެމް އުވާލަން ސަރުކާރުން ނުފޫޒު ފޯރުވާފައެއް ނުވާނެ: މިއުވާން
ލިޔުން:
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްލާހީ މަސައްކަތްތަކަށް އުފެއްދެވި ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފަ ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ، ކޮންމެ ހަފްތާއަކު ނޫސްވެރިންނަށް ބާއްވާ ބައްދަލުވުމުގައި މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއުވާން ވިދާޅުވީ، އެ ޕާޓީ އުވާލުމުގެ ކަންކަމް ކޮށްފައިވަނީ އެވަނީ އިލެކްޝަން ކޮމިޝަނުން ގާނޫނުގައި އޮންނަ ގޮތުގެ މަތިން އެންމެ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޕާޓީ އުވާލުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
އެމްއާރްއެމް އުވާލާފައިވަނީ ޕާޓީގައި 3000 މެންބަރުން ހަމަ ނުވާތީ އީސީން ދިން މުއްދަތުގެ ތެރޭގައި ވެސް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައި ނުވާތީ އެވެ.
އެކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މުރާޖައާކޮށްދިމަށް އެދޭކަމަށާއި އެ ނިންމުން ބަދަލު ނުކޮށްފިނަމަ އެކަމުގައި ކޯޓަށް ވަޑައިގެންނެވުމަކީވެސް އޮތް ފުރުސަތެއްކަމަށެވެ.
އެ ބައްދަލުވުމުގައި ފާރިޝް ވިދާޅުވީ އެޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާގޮތް ބަލަން ޖެހޭކަމަށާއި އެކަމުގައި ކަން ހިނގާފައިވާ ގޮތް އީސީގެ ރައީސް ފުއާދު ގާސިމް ބެއްލެވުމަށް ވެސް އެދޭކަމަށެވެ. އީސީގެ ތެރެއަށް ކޮންމެ ވެސް ބައެއްގެ ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ މޭރުމަކުން ވާހަކަ ފައްދަވަމުން ފާރިޝް ވިދާޅުވީ އެޕާޓީއަށް މެމްބަރުން ވައްދާގޮތާއި ފޯމްތައް ހުށަހަޅާގޮތާއި އަދި ޕްރޮސެސް ކުރާގޮތުގެ އިތުރުން ޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ.
މިނިވަން ނޫހަށް ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އެ ޕާޓީން ކޯޓަށް ވެސް ވަޑައިގަންނަވަން ބޭނުންވާނަމަ އެކަން ވެސް ކުރައްވަން ޖެހޭނެ ކަމަށާއި އެކަމަކު ޕާޓީ އުވާލާފައިވަނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކަމަށެވެ. އަދި ކޯޓަށް ވަޑައިގެން އެކަން ކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ނޫން ގޮތަކަށް ކަމަށް ލާޒިމުވާނަމަ ޕާޓީ އަލުން ވުޖޫދު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީސީން ވަނީ އެމްއާރްއެމްގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން ވެސް މަނާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
