އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް މައުމޫން ވިދާޅުވެއްޖެ

އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް މައުމޫން ވިދާޅުވެއްޖެ
ލިޔުން:
މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލާފައިވަނީ އިލެކްޝަން ކޮމިޝަން (އީސީ) އިން ގާނޫނަށް ހިލާފަށް ކަމަށް އެ ޕާޓީގެ ރައީސް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމްއާރުއެމް އަށް ނޯޓިސްއެއް ދިނުމަށް ފަހު ވެސް މެމްބަރުން ހަމަނުވުމުން އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމުމާ ގުޅިގެން ކުރެްވި ޓްވީޓޭއްގައެވެ.
އެމަނިކުފާނުގެ ޓްވީޓިގައި ވިދާޅުވީ، އެމްއާރްއެމް އުވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި، އީސީގެ ގާނޫނާ ހިލާފު އެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށެވެ.
https://twitter.com/maumoonagayoom/status/1661283172271702017
ގާނޫނުގައި ބުނާގޮތުން ނަމަ ފާޓީއެއްގައި 3000 މެމްބަރުން ހަމަވާންޖެހޭނެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރްއެމްގައި މިވަގުތު ތިބީ 2981 މެމްބަރުންނެވެ. އެގޮތުން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ވެސް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ ފާޓީ އުވާލަން އީސީން ވަނީ ނިންމާފައެވެ.
މިއީ އީސީން އެ ޕާޓިއަށް ނޯޓިސް ދިން ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދީފައިވާއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައެވެ. އަދި ދާދި ފަހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީ އިން ވަކިވެފައެވެ.
މިކަމާ ގުޅިގެން އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް މައުމޫންގެ ދަރިކަލުން، ފާރިޝް މައުމޫން ވިދާޅުވީ އެމްއާރްއެމް އުވާލި އިރު 5،300 ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.
އެމްއާރްއެމް އަށް މެމްބަރުންގެ އަދަދު އިތުރުކުރަން ފޯމު ހުށަހެޅި ނަމަވެސް އީސީން އެ ޕާޓީގެ މެމްބަރުން ޕާޓީން ވަކިކުރާ ކަމަށް ފާރީޝް ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން ފާރިޝް ވިދާޅުވީ އެމްއާރްއެމް އުވާލީ ނުފޫޒުން ކަމަށާއި އެ ޕާޓީން ކުރަމުންދާ އިސްލާހީ މަސައްކަތާ ދެކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އީސީއަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި އެމްއާރްއެމް އުވާލި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފާރިޝް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
