މާލެ: 31°C

އެމްއާރްއެމް ގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގޮވާލައިފި

އެމްއާރްއެމް ގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގޮވާލައިފި
May 29, 2023
2 ފަހަރު ބަލާފައި
އެމްއާރްއެމް ގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގޮވާލައިފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކުރުމާއެކު އަލުން ސިޔާސީ ހަރަކާތްތައް ފެށުމަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުނަށް އަންގައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށްފަހުގައި އެމްއާރުއެމް އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއެކު އެމްއާރުއެމުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރާ ގުޅުވައިގެން އެމްއާރުއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީ އިން ކުރަމުން އަންނަ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އެމްއާރުއެމް އިން ބުނީ މި މައްސަލައިގައި އަދުލުއިންސާފު ގާއިމުކުރެވޭނެ ކަމަށް އެ ޕާޓީން އަބަދުވެސް ޔަގީންކުރާ ކަމަށެވެ.

"އެހެންކަމުން އެމްއާރުއެމްގެ މަސައްކަތްތައް ކުރިއެކޭ ވެސް ކުރިއަށް ގެންދިޔުމަށް ހުރިހާ ގޮފިތަކާއި ކޮމެޓީތަކާއި އަދި އެންމެހާ މެންބަރުންނަށް ދަންނަވަން،" ބަޔާނުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގަ މިއަހަރުގެ ފެބްރުއަރީގައި އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ. ސިޔާސީ ޕާޓީއެއް ނަމަ 3000 މެމްބަރުން ހަމަވާން ޖެހެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ