މާލެ: 31°C
އެމްކިއުއޭ ގެ ފޭކް ތައްގަނޑު ޖަހައިގެން ވަގު ސެޓްފިކެޓް ހަދަނީ

އެމްކިއުއޭ ގެ ފޭކް ތައްގަނޑު ޖަހައިގެން ވަގު ސެޓްފިކެޓް ހަދަނީ

January 29, 2024
3 ފަހަރު ބަލާފައި
އެމްކިއުއޭ ގެ ފޭކް ތައްގަނޑު ޖަހައިގެން ވަގު ސެޓްފިކެޓް ހަދަނީ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ 'ރެކޮގްނިޝަން' ތައްގަނޑުގެ ނަކަލެއް ބޭނުންކޮށްގެން، އެ އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއިކޮށްގެން ފޭކު ސަނަދުތަކެއް ހަދާފައިވާކަން ސަމާލުކަމަށް އައިސްފައިވާކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ. އެމްކިއުއޭ އިން ބުނީ، ލޯކަލް ސެޓްފިކެޓްތަކުގައި ތައްގަނޑު ޖެހުން 2016 ގައި ހުއްޓާލާފައިވާކަމަށެވެ. ނަމަވެސް އެ އޮތޯރިޓީގެ ތައްގަޑެއް ޖަހައި އެ އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ކޮށްގެން ސެޓްފިކެޓްތަކެއް ހަދާފައިވާތީ އެއީ މުވައްޒަފުންގެ ހައްގަށް ލިބޭ އުނިކަމެއްކަމަށް އެތޯރިޓިއިން ދެކޭކަމަށް އެމްކިއުއޭއިން ބުންޏެވެ. އެމްކިއުއޭ އިން ބުނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި ފަރާތްކަށް ހުށަހަޅާފައިވާކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ. މިފަދަ ފޭކް ސެޓްފިކެޓްތައް ގެންގުޅެތީ، މަތީތައުލީމުދޭ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އެމްކިއުއޭއިން އިލްތިމާސްކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ