މާލެ: 31°C

އެމްޕީއެލްގެ އެމްޑީކަމަށްވެސް ސަލާމަތީ ޚިދުމަތްތަކުން ރިޓަޔަރ ކުރައްވާފައި ހުންނެވި ބޭފުޅެއް

February 5, 2025
137 ފަހަރު ބަލާފައި
އެމްޕީއެލްގެ އެމްޑީކަމަށްވެސް ސަލާމަތީ ޚިދުމަތްތަކުން ރިޓަޔަރ ކުރައްވާފައި ހުންނެވި ބޭފުޅެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ސިފައިންނާ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާފައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް މުހައްމަދު ރިޝްވާން އައްޔަންކޮށްފި އެވެ.

ރިޝްވާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ރިޝްވާން އަދާކުރައްވާފައިވެއެވެ. ރިޝްވާނާ އެކު ސަރުކާރު ހިއްސާވާ 3 ކުންފުޏެއްގެ އެމްޑީ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިވަނީ ސަލާމަތީ ހިދުމަތްތަކުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން އައްޔަނުކުރައްވާފައެވެ. 

އެގޮތުން އެމްޑީސީގެ އެމްޑީކަމަށް އައްޔަނުކުރައްވާފައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ސައުދީ އާއި، ފެންކައިގެ އެމްޑީ ކަމަށް އައްޔަނުކުރައްވާފައިވާ މޭޖަރ ރިޓަރޑް ނަޖާހުގެ އިތުރުން އެ ކުންފުނީގެ ޑީއެމްޑީ ގެ މަގާމަށް އައްޔަނުކުރައްވާފައިވާ ކެޕްޓަން ރިޓަޔަރޑް އާރިފް ހިމެނެއެވެ

28 ނޮވެމްބަރު 2023 ގައި އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަނުކުރެއްވި  މުހައްމަދު ވަޖީހު އިބްރާހީމް މިދިޔަ އާދީއްތަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ