
އެމްޕީއެލްގެ ޗެއާޕާސަނަކަށް އާމިނަތު ހަމީދު އައްޔަންކޮށްފި
އެމްޕީއެލްގެ ޗެއާޕާސަނަކަށް އާމިނަތު ހަމީދު އައްޔަންކޮށްފި
ލިޔުން:
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިމިނަތު ހަމީދު އައްޔަންކޮށްފި އެވެ.
އެ މަގާމު މިއަދުގެ ވަގުތެއްގައި އޭނާއަށް ހަމަޖެހިފައިވާރު، މިއީ އެމްޕީއެލްގެ ތާރީހުގައި ވެސް މި މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އޭނާ މީގެ ކުރިން ވަނީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގެ އިތުރުން އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ. އަދި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑް މެމްބަރުކަން ވެސް އައިމިނަތު ވަނީ ކުރައްވާފައެވެ.
އޭގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަސިޓީ ން މާސްޓަސް އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
