މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުން ޝިޔާމް އިބްރާހިމް ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުން ޝިޔާމް އިބްރާހިމް ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު ވެސް އެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް އައްޔަނުކޮސްފައިވަނީ ކުރީގެ އެސިސްޓެންޓް ކޮމިޏަސަރ އޮފް ޕޮލިސް ކަން ކުރައްވާފައިވާ މުހައްމަދު ރިޝްވާން އެވެ.







