އެމްޕީއެލްގައި ކުރި ފަދަ ތެލުގެ ވައްކަމެއް ކޮށްފާނެތީ ޕްރައިވެޓް ސެކްޓާ ވެސް ސަމާލުވާން ޖެހޭ: އޮޑިޓާ ޖެނެރަލް

އެމްޕީއެލްގައި ކުރި ފަދަ ތެލުގެ ވައްކަމެއް ކޮށްފާނެތީ ޕްރައިވެޓް ސެކްޓާ ވެސް ސަމާލުވާން ޖެހޭ: އޮޑިޓާ ޖެނެރަލް
ލިޔުން:
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމުގައި ހިންގި ބާވަތުގެ ވައްކަންތައް އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުގެ ތެރެއިން ވެސް ކޮށްފާނެ ކަމަށާއި އަމިއްލަ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލް އިން ތެޔޮ ގަތުމުގައި އޮޅުވާލައި، ލިޔެކިއުންތައް ފޯޖްކޮށްގެން 28 މިލިޔަން ރުފިޔާގެ ވައްކަމެއް ކުރިކަން ފަޅާ އެރީ އެކުންފުނީގެ އިންޓާނަލް އޮޑިޓަކަށް ފަހު އޮޑިޓް އޮފީހުން ކުރި ހާއްސަ އޮޑިޓަކުންނެވެ. އެ އޮޑިޓުން އެނގިފައިވާ ގޮތުގައި އެ ވައްކަން ކުރި މީހުން ހެދި ގޮތަކީ އެމްޕީއެލްއަށް ނުލިބޭ އަދަދުގެ ތެލަށް ބިލު ކުރުމަށް ފަހު، އެފްއެސްއެމްގެ ބައުޒަަރު ތަކަށް އިތުރުވި ތެޔޮ ކަޅު ބާޒާރުގައި ކޮންމެވެސް އެހެން ބަޔަކަށް ވިއްކައިލުމެވެ. އެ އަދަދަށް ތެލުން ވައްކަން ކުރީ 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ އެމްޕީއެލްގެ އެ މައްސަލައިގެ އޮޑިޓް ރިޕޯޓް އެ ކޮމިޓީއަށް ތަފްސީލު ކޮށްދެއްވައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. އެ ބައްދަލުވުމުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ތެލުގެ ހިޔާނާތް ވެފައި ވަނީ އެފްއެސްއެމްގެ ތެޔޮ ބައުޒަރުގައި ތިބި ބަޔަކާއި އެމްޕީއެލްގައި ތިބި ބަޔަކާ ގުޅިގެން ކަމަށާއި "އެ ރިސްކް ޕްރައިވެޓް ސެކްޓާ" އަށް ވެސް އެބަ އޮތް ކަމަށެވެ.
"މި ރިސްކް އެބަ އޮތް އިނގޭތޯ ހަމަ ޕްރައިވެޓް ސެކްޓާއަށް ވެސް. އެއީ ރިސޯޓްތަކުގައި ވެސް އިންޖީނުގެތައް ހިންގާ އިރު ހަމަ އެބަ އޮތް އެ ފުރުސަތު. ތެޔޮ ސަޕްލައިކުރާ އިރު އެތަނެއްގައި ތިބޭ ބަޔަކާ ގުޅިގެން، އެ ތެޔޮ ލިބުނު ކަމަށް ހަދައިފިއްޔާ އެ ތެޔޮ ބްލެކްމާކެޓްގައި ވިއްކައިލުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ ޕްރައިވެޓް ސެކްޓާއިން ވެސް ވަރަށް ސަމާލުކަން ދޭންޖެހޭ ކަމެއް ހަގީގަތުގައި މި ތެލަކީ،" ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ބޭނުންކުރާ ގޮތް ވަރަށް ރަނގަޅަށް ބަލަަހައްޓަން ޖެހޭ ކަމަށާއި ޖަނަރޭޓަރުތައް ހިންގާގައި ހުންނަ ގަޑިތަކަށް ބަލާއިރު އަނދާފައި ހުންނާނީ ކިހާ ތެލެއްތޯ އެގޮގތުން ބަލަން ޖެހޭ ކަމަށެވެ.
"އެހެންވީމާ ކިހާ ތެލެއްތޯ އެ ބޭފުޅުންގެ ޓޭންކް ތަކުގައި، ލިބިފައި މިހުރީ. އެހެންވީމާ އެއީ ވަރަށް މުހިއްމުކަމެއް، އެގޮތަށް ބެލުމަކީ،" އޭނާ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވި ގޮތުގައި އަމިއްލަ ތަންތަނާއި ދައުލަތުގެ ތަންތަނުގައި ވެސް ތެޔޮ ބޭނުންކުރާ ގޮތް ދުވަހުން ދުވަހަށް ބަލަން ޖެހެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
