މާލެ: 31°C
ކާޑުޖަހާފަ ގެއަށްދާ އެތައް ސަތޭކަ މުވައްޒަފުން އެމްޕީއެލްގަ އެބަތިބި: ނާޒިމް

ކާޑުޖަހާފަ ގެއަށްދާ އެތައް ސަތޭކަ މުވައްޒަފުން އެމްޕީއެލްގަ އެބަތިބި: ނާޒިމް

3 އޯގަސްޓު 2026
265 ފަހަރު ބަލާފައި
އެމްޕީއެލްގައި ކާޑުޖަހާފައި ގެއަށްދާ އެތައް ސަތޭކަ މުވައްޒަފުން އެބަތިބި: ނާޒިލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ތިބެންޖެހޭ އަދަދަށް ވުރެ 600 މުވައްޒަފުން އިތުރަށް އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ އެމްޕީއެލް އަށް ބޭނުންވާ ވަރަށްވުރެ 600 މުވައްޒަފުން އިތުރަށް އެބަތިބި ކަމަށާއި އޭގެތެރެއިން ގިނަ މީހުން ވަޒީފާގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކުރާ ކަމަށާއި، އެމީހުން ކާޑުޖަހާލާފައި ދަނީ ގެއަށް ކަމަށެވެ.

އިތުރު ތަފްސީލް ދެއްވަމުން މެންބަރު ނާޒިމް ވިދާޅުވީ މަހަކު 20000 ރުފިޔާގެ ރޭޓުން އެ 600 މީހުންނަށް މުސާރަދޭނަމަ މަހަކު 20 މިލިއަން ރުފިޔާ އެމީހުންނަށް އެކުފުނިން ޙަރަދު ކުރާނެ ކަމަށެވެ. އަދި އެ 20 މިލިއަން ރުފިޔާވެސް ޑޮލަރު ހޯދަން ބޭންކުރާއިރު އެކަމުގެ ސަބަބުން ޑޮލަރުގެ އަގު މަތިވެގެން ދާނެ ކަމަށެވެ.

އަނެއްކާ މީގެ ތެރެއިން ގިނަ މީހުންނަކީ ކާޑު ޖަހައިލައިފައި ގެއަށް ދާ މީހުން ކަމަށް ވަނީ،" މެންބަރު ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުންފުނީގެ އުފެއްދުންތެރިކަމަށް ބޭނުންވާ ވަރަށްވުރެ ގިނަ މީހުން ނަގައި މުސާރައިގެ ގޮތުގައި ފައިސާ ބޭރުކުރާނަމަ އެ ކަމުގެ ސަބަބުން އިގްތިުސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބަޖެޓްގެ ވަރަށް ބޮޑުބައެއް މިފަދަ އުފެއްދުންތެރިކަމެއް ނެތް މީހުންނަށް މުސާރަދިނުންފަދަ ކަންކަމަށްދާކަންވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ