މާލެ: 31°C

އިންތިހާބުތަށް އެއްކޮށް ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލަން ދަނީ ރާވަމުން: މެންބަރު މަޓޭ

December 27, 2025
487 ފަހަރު ބަލާފައި
އިންތިހާބުތަށް އެއްކޮށް ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލަން ދަނީ ރާވަމުން: މެންބަރު މަޓޭ
އިންތިހާބުތަށް އެއްކޮށްލައި ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތައް ދަނީ ރާވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް (މަޓޭ) ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަށް އެއްކޮށްލައި ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތައް ދަނީ ރާވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް (މަޓޭ) ވިދާޅުވެއްޖެ އެވެ.

އީސީގެ ރައީސް ޒާހިދު އާއި މުއިއްޒު ވަކިން ބައްދަލުކޮށްފި ކަމަށްބުނެ ދުވަހު ނޫސް އައަދު އިން ގެނެސްދީފައިވާ ހަބަރެއް ހިއްސާކުރައްވައި އެކްސްގައި މެންބަރު މަޓޭ ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އިންތިހާބުތަށް އެއްކޮށް ރިޔާސީ ދައުރު ދަންމާލާ ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތަކާއި މަސައްކަތްދަނީ ކުރަމުން ކަމަށާއި، ކުރިޔަށް އޮތް ކައުންސިލް އިންތިހާބަކީ ރައްޔިތުން ގެ ވޯޓް ބޮޑުއަގުގައި ގަނެ ދޮގުވައުދާ ވަޒީފާތަށް ބޭކާރު ގޮތުގައި ބަހާލާނެ އިންތިހާބެއްކަމަށް ވިދާޅުވެފައެވެ.

އަދި އެ އިންތިހާބާ ދިމާކޮށް ޕުރޮޖެކްޓްތަށް ކުރިޔަށްދާ ކަމަކަށްދައްކައި އެތަށް ހުވަފެނެއްދައްކާނެ ކަމަށާއި، އެ އޮޅުވާލުންތަކުގެ ތެރެއިން އިންތިހާބު އޮޅާލުމުގެ މަސައްކަތްވެސްކުރާނެ ކަމަށާއި އެހެންކަމުން ރައްޔިތުން ވަރަށްބޮޑަށް އެކަންތައްތަކަށް ސަމާލު ވާންޖެހޭ ކަމަށްވެސް މަޓޭގެ ވިދާޅުވެފައި ވެއެވެ.

އަދަދު ނޫހުން ހާމަކޮސްފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު ރައީސް މުއިއްޒު އާއި ބައްދަލުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ މިނިވަން މުވައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާއިރު ކޮމިޝަނުގެ އިތުރު ބޭފުޅުން ބައިވެރިވެލައްވާ ނަމަވެސް ޒާހިދު ގެ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ އިތުރު މެންބަރަކުވެސް އަދި ރައީސް އޮފީހުގެ އެއްވެސް ފަރާތެއް ބައިވެރިނުވާކަމަށް ބުނެފައި ވެއެވެ. 

އަދި ޒާހިދު އާއި ހަވާލާދީ ބުނެފައިވަނީ ރައީސް އޮފީހަށް އިސީގެ ރައީސް ޒާހިދު ވަޑައިގެންނެވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އަންނަ އަހަރު ރާވާފައިވާ ކަންކަން މުއިއްޒު އާއި ހިއްސާކޮށް އެކަމަށް ބޭނުންވާ ރިސޯސަސް އަށް އެދިގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ