މާލެ: 31°C

ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް ގާނޫނު އަސާސީއާ ހިލާފަށް އެރަށު ކައުންސިލް އުވާލައިފި: އެމްޑީޕީ ޗެއާޕާސަން ގަފޫރު (ގަޕޯ)

December 22, 2025
297 ފަހަރު ބަލާފައި
ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް ގާނޫނު އަސާސީއާ ހިލާފަށް އެރަށު ކައުންސިލް އުވާލައިފި: އެމްޑީޕީ ޗެއާޕާސަން ގަފޫރު (ގަޕޯ)
ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް ގާނޫނުއަސާސީއާއި ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް ގާނޫނުއަސާސީއާއި ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ގަފޫރު ވިދާޅުވީ ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށުގެ ރައްޔިތުން ހަނިމާދޫ ކައުންސިލަރުން ހޮވަން ވޯޓްލާންޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކަމަކީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީއާއި އަދި ލާމާރުކަޒީ ގާނުނާއި ކަނޑައެޅިގެން ހިލާފް ކަމެއް ކަމަށެވެ.

ހދ ހިރިމަރަދޫ އަކީ އިދާރީ ދާއިރާތައް ކަނޑައަލާފައިވާ ގާނޫނު ބުނާ ގޮތުން ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ވަކި ރަށެކެވެ. އަދި އެ ގާނޫނުގައި ވާގޮތުގެ އެރަށުގައި ރައްޔިތުން ހޮވާ ލޯކަލް ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެއް އޮންނަން ޖެހޭނެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ހިރިމަރަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުން އެދުމުގެ މަތިންކަމަށްވިދާޅުވެ އެ ރަށުގެ ރައްޔިތުން ހދ ހަނިމާދޫ އަށް ބަދަލުކުރުމަށް ނިންމައި އެ ރަށުގެ ރައްޔިތުންނަށް ހަނިމާދޫގައި ގެދިރު އިމާރާތްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ރަސްމިއްޔާތުގައި އެޗްޑީސީން ވަނީ ހިރިމަރަދޫ ތރައްޔިތުން ބަދަލުކުރުމަށް ހަނިމާދޫގައި އިމާރާތްކުރާ ގެ ތައް 18 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފައެވެ.

އެޗްޑީސީން އެހެން ބުނި ނަމަވެސް އޭގެ ފަހުން އެތަށް މަހެއް ފާއިތުވެގެންދިޔައިރު ހަނިމާދޫގައި ގެދޮރު އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ފަށާފައެއް ނުވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ