
މޮސްކޯ ހަމަލާއާ ގުޅިގެން ރަޝިޔާގެ ރައީސަށް، ރައީސް މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މޮސްކޯ ހަމަލާއާ ގުޅިގެން ރަޝިޔާގެ ރައީސަށް، ރައީސް މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ލިޔުން:
މޮސްކޯގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރަޝިއާގެ ރައީސްއަށް ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކުއްލި ހައިރާންކަމެއް ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވާފައިވެއެވެ.
އެމެސެޖްގައި، ޓެރަރިޒަމްގެ މިފަދަ ފިނޑި ޢަމަލުތައް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގެ އަސަރުކުރި ހުރިހާ އާއިލާތަކަށް އިހްލާސްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.
މިދިޔަ ހުކުރު ދުވަހު މޮސްކޯގެ ކޮންސެޓް ހޯލަކަށް ދިން ބަޑީގެ އެ ހަމަލާގައި 137 މީހަކު މަރުވެ، 140 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ހަމަލާދިން އިރު ކޮންސެޓް ބަލަން 6،200 އެއްހާ މީހުން ހޯލަށް ވަދެ ތިއްބެވެ.
އެ ހަމަލާގެ ފަހަތުގައި ތިބީ އައިއެސް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ކުރު ދުވަހު ނެރުނު ބަޔާނެއްގައި އައިއެސް އިން ބުނެފައިވަނީ ހަމަލާ ދިނީ އެމީހުންކަމަށް ބުނެފައެވެ. ހޮނިހިރު ދުވަހު އެ ޖަމާއަތުން ވަނީ ވަނީ ހަމަލާދިން ހަތަރު މީހުން ކަމަށް ބުނާ މީހުންގެ ފޮޓޯ އާންމުކޮށްފައެވެ. މިއަދު އެމީހުންގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
