މާލެ: 31°C
މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް އެލާޓް ނެރެފި

މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް އެލާޓް ނެރެފި

February 20, 2024
4 ފަހަރު ބަލާފައި
މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް އެލާޓް ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، ވައިޓް އެލާާޓް ނެރެފައިވާނީ ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަށެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައިވަނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. https://twitter.com/MetMaldives/status/1759758822007034086 އެގޮތުން، މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ