މާލެ: 31°C

ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ އެލާޓް ނެރެފި

March 12, 2025
257 ފަހަރު ބަލާފައި
ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ އެލާޓް ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އަންގާރަ، ބުދަ މި ދެދުވަހުވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

މިރޭގެ ދަންވަރު 1:30 އިން ފެށިގެން ހެނދުނު 6:30 ގެ ނިއަލަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ