މާލެ: 31°C
މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލޭކަށް ބޭނުމެއް ނޫން: އަސްލަމް

މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލޭކަށް ބޭނުމެއް ނޫން: އަސްލަމް

March 25, 2024
2 ފަހަރު ބަލާފައި
މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލޭކަށް ބޭނުމެއް ނޫން: އަސްލަމް
ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅިގެން ގެދޮރު ގެއްލި ކްލައިމެޓް ރެފިއުޖީންނަށް ވާން ދިވެހިން ބޭނުން ނުވާ ކަމަށާއި، މޫސުމީ ބަދަލުތަކަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ މައްސަލަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އަސްލަމް މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި މި މަހުގެ 23-27 ކުރިއަށްދާ، އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ ފަސްލައްކަ އެއްހާ ރައްޔޮތުން އުޅޭ، އެންމެ ބިންތިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ދިވެހި ރާއްޖޭގެ ރައްޔިތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުދޫކޮށް، ރެފިއުޖީންނަށް ވާން ނޭދޭ ކަމަށެވެ. އަސްލަމް ވިދާޅުވީ، އަޅުގަނޑުމެން ގެ އަމިއްލަ ސަގާފަތަކާއި އާދަކާތަކަކާއި އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް ހުރިއިރު މި ހިތްގައިމު ރާއްޖޭގައި ތާ އަބަދަށް ދިރިއުޅެން ދިވެހިން ބޭނުންވާ ކަމަށެވެ. ދުނިޔޭގެ ސުލްހަ އާއި އަމާންކަމަށް ޕާލިމެންޓްރީ ޑިޕްލޮމެސީގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކާއި އެކަންކަމަށް މަގުފަހިކުރުން ޝިއާރެއްގެ ގޮތުގައި އޮތް، މި އެސެމްބްލީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ފަލަސްތީނު ހަނގުރާމަ ހުއްޓުވުމަށް ވެސް ގޮވާލައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ