މާލެ: 31°C
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް މޫސުމް ގޯސްވުމުގެ ސަބަބުން އެކަކު މަރުވެ، 30 މީހުން ޒަހަމްވެއްޖެ

ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް މޫސުމް ގޯސްވުމުގެ ސަބަބުން އެކަކު މަރުވެ، 30 މީހުން ޒަހަމްވެއްޖެ

May 21, 2024
3 ފަހަރު ބަލާފައި
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް މޫސުމް ގޯސްވުމުގެ ސަބަބުން އެކަކު މަރުވެ، 30 މީހުން ޒަހަމްވެއްޖެ
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގައި، ގަދަ ވިލާގަނޑެއްގައި ޖެހި އުފެދުނު ބޮޑު ހަލަބޮލިކަމެއްގެ ސަބަބުން އެކަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ. ހީތުރޫ އެއާޕޯޓުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި ބޮއިންގް 777-300އީއާރު ބެންކޮކަށް ޑައިވާޓްކޮށް ލޯކަލްގަޑިން 15:45 ގައި އިމަޖެންސީގައި ޖައްސައި، އަނިޔާވި މީހުންނަށް ސިއްހީ އަވަސް ފަރުވާ މިހާރު ގެންދަނީ ފޯރުކޮށްދެމުންނެވެ. މި މަތިންދާބޯޓުގައި ޖުމްލަ 211 ފަސިންޖަރުންނާއި 18 ފަޅުވެރިން ތިބި ކަމަށް އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މި ހާދިސާގައި މަރުވި މީހާގެ އާއިލާއަށް އެންމެ ފުން ތައުޒިޔާއެއް ދަންނަވަމެވެ." ސިންގަޕޫރު އެއާލައިންސްގެ ބަޔާނުގައިވެއެވެ. "ޒަހަމްވި އެންމެނަށް ފުރިހަމަ ސިއްހީ ފަރުވާއާއެކު ބަދަލު ދޭނަން." ޒަހަމްވި މީހުންގެ ފަރުވާ ކަންކަން ކުރިއަށް ގެންދިއުމަށާއި މިނޫންވެސް ބޭނުން އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސިންގަޕޫރު އެއާލައިންސްގެ ޚާއްސަ ޓީމެއް މިހާރު ވަނީ ސިންގަޕޫރުން ބެންކޮކަށް ފޮނުވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ