މާލެ: 31°C

މޫސަ ވިދާޅުވަނީ ނަޝީދާ ހެދި އެމްޑީޕީއަށްް 20،000 މެމްބަރުން ގެއްލުނުކަމަށް!

January 2, 2023
2 ފަހަރު ބަލާފައި
މޫސަ ވިދާޅުވަނީ ނަޝީދާ ހެދި އެމްޑީޕީއަށްް 20،000 މެމްބަރުން ގެއްލުނުކަމަށް!
މޫސަ ވިދާޅުވަނީ ނަޝީދާ ހެދި އެމްޑީޕީއަށްް 20،000 މެމްބަރުން ގެއްލުނުކަމަށް!
އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަށް އެޕާޓީން އިސް ސަފުން ވަކިކުރި ފަރާތްތަކާ އެކު އެޕާޓީއަށް 20،000 މެމްބަރުން ގެއްލުނު ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ މޫސަ) މިއަދު ތުހުމަތުކުރައްވައިފި އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި މޫސަ ވިދާޅުވީ ފާއިރުވި 15 އަހަރު ތެރޭ ފިޔަވަޅު އަޅާ ކޮމެޓީގައި މައްސަލަ އުފައްދައިގެން ނަޝީދުގެ ބޭނުން އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ އެތައް ބަޔަކު ގަސްތުގައި ޕާޓީއިން ވަކި ކުރިކަމަށެވެ. އަދި އެސަބަބާ ހުރެ ވަކި ކުރިމީހުންގެ އާއިލާތަކުން އެމްޑީޕީ ދޫކޮށް ދިއުމުން ޖުމްލަ 20،000 މީހުން އެމްޑީޕީއިން ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. [embed]https://twitter.com/ReekoMoosa/status/1609775223477530624?s=20&t=aMql5CzvgGYCVEEcF9wWIw[/embed] މޫސަ މިއަދު ކުރެއްވި ޓްވީޓަކީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފަތުރާއި އެޕާޓީގެ އެތެރޭގެ ދަފުތަރާ އެއްގޮތް ކުރަން އުނިކުރި 39،000 އަށް ވުރެ ގިނަ މީހުން ވަކިކުރި މައްސަލައާ ގުޅުވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ނަޝީދު ކުރައްވާ ތުހުމަތަށް ދެއްވި ރައްދެއް ކަމަށް ބެލެވެ އެވެެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ދަފުތަރުން ވަކިކުރި 39،000 އަށް ވުރެ ގިނަ މީހުންނަކީ ކުރިއްސުރެ އެޕާޓީގައި ތިބި މީހުން ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީއާ ގުޅޭ ޝަކުވާާއެއްގެ ގޮތުގައި ވެސް އެ މައްސަލަ މިހާރު ވަނީ ހުށަހަޅައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ