މާލެ: 31°C

މޫދު ހަރަކާތްތައް ހިންގާއިރު ސަމާލުވާން ރިސޯޓްތަކަށް އަންގައިފި

މޫދު ހަރަކާތްތައް ހިންގާއިރު ސަމާލުވާން ރިސޯޓްތަކަށް އަންގައިފި
March 14, 2023
2 ފަހަރު ބަލާފައި
މޫދު ހަރަކާތްތައް ހިންގާއިރު ސަމާލުވާން ރިސޯޓްތަކަށް އަންގައިފި
ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ހާދިސާތައް ގިނަވެފައި ވާތީ، މޫދު ހަަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ސަރުކާރުން ރިސޯޓްތަކަށް އަންގައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މޫދު ހަރަކާތްތަކުގެ ތެރެއިން ހާދިސާތައް ހިނގުން ފަހަކަށް އައިސް އިތުރުވެފައި ވާތީ، ފެތުމާއި ސްނޯކްލިން އަދި ޑައިވް ކުރުން އަދި އެހެން ވެސް އެ ފަދަ ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަަވަޅުތައް ހަރުދަނާ ކުރަން ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން ތިން ކަމެއް ކުރަން ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއިން އެންގި އެވެ.

ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި ކުރަން އެންގި ކަންތައްތައް

  1. ޓޫރިސްޓުން ފުރަތަމަ އަންނަ ވަގުތު (ޗެކިން ވާއިރު) ރައްކާތެރިކަމާ ބެހޭ އާއްމު މައުލޫމާތު ދިނުމާއި މޫދު ހަރަކާތަކަށް ފެށުމުގެ ކުރިން ތަފްސީލީ މައުލޫމާތު ދިނުން.
  2. މޫދުކުޅިވަރުތަކުގައި (ޓޫރިސްޓުން ގޮވައިގެން) ހަރަކާތްތެެރިވާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ރައްކާތެރިކަމަށް ސަމާލުވާން އިރުޝާދު ދިނުން
  3. ރައްކާތެރިކަމަށް ޓަކައި ކަނޑައަޅާފައި ހުންނަ އުސޫލުތަކަށް އަމަލުކުރަން މުވައްޒަފުންނަށް ހިތްވަރު ދިނުމާއި ރައްކާތެރިކަމާ ބެހޭ ތަމްރީނުތައް ގަވައިދުން ހިންފުން
ރާއްޖޭގެ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ޓޫރިސްޓުން، މޫދުގެ އެކި ހަރަކާތްތަކުގެ ތެރޭގައި މަރުވުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގައިފަ އެވެ. އެފަދަ ހާދިސާއެއްގައި އިއްޔެ ވެސް އިނގިރޭސިވިލާތުގެ ޓޫރިސްޓަކު މަރުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ