ނިޝާހް އަކީ، ނޮވެމްބަރު 18، 2018ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރެއްގައި ނިޝާހަށް ވަނީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދެއްވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި ބައިނަލްއަގުވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް ވަނީ ނިޝާހް ދެއްކި ހިތްވަރު ފާހަގަކޮށްފައެވެ.
މި ހިނގާ ދިޔަ ހިތާމަވެރި ހާދިސާ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައް ފުލުހުންދަނީ ބަލަމުންނެވެ.
މޫދަށް އެރި އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެ
މޫދަށް އެރި އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެ
ލިޔުން:
މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއެ އަޅަން ގޮސް އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓް ގައި ބޮއެ އަޅަން މޫދަށް ފައިބާ އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ގެންދާ ކަމުގެ މައުލޫމާތު މިރޭ 18:54 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮއެ އަޅަން ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޢަފޫރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
