މާލެ: 31°C

މަންޑޭ ބުނީ ވަކީލަކު އައްޔަން ކުރާނެ ތަނަވަސްކަން ނެތް ކަމަށް

February 2, 2025
305 ފަހަރު ބަލާފައި
މަންޑޭ ބުނީ ވަކީލަކު އައްޔަން ކުރާނެ ތަނަވަސްކަން ނެތް ކަމަށް
ކޭޕާކް މައްސަލައިގައި ދައުވާއުފުލި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ ވަކީލުން މައްސަލައިން ތަނާޒުލުވުމުން ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

ކޭޕާކް މައްސަލައިގައި ދައުވާއުފުލި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ ވަކީލުން މައްސަލައިން ތަނާޒުލުވުމުން ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

ކޭޕާކް މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ 12 ޑިސެންބަރު 2023 ދުވަހުއެވެ. މި މައްސަލައިގައި މަންޑޭގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވައެއް އުފުލާފައިވެއެވެ. 

މީގެއިތުރުން ދައުވާ އުފުލި ސައީދުގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 20 ދައުވާ، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވެއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މަންޑޭ ބުނެފައިވަނީ އޭނާގެ ވަކީލް މައްސަލައިގައި ތަނާޒުލުވެފައިވާ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމަށް ވަކީލަކު ހާޒިރުނުވީ ވަކީލަކު އައްޔަނު ކުރުމުގެ ތަނަވަސްކަމެއް ނެތުމުންކަމަށާއި އޭނާއަށް ވަކީލަކު އައްޔަނު ކުރުމުގެ މަސައްކަތް އާއިލާއިން ކުރަމުންދާކަމަށެވެ.

 އެހެންކަމުން އޭނާއަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ ދެއްވި އެވެ. އަދި ޝަރީއަތް ކުރިއަށްގެންދިއުމަށް ދަތިވާނޭގޮތަކަށް އަމަލު ނުކުރުމަށްވެސް ގާޒީ އިރުޝާދު ދެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި މައްސަލައިގައި ދެން ދައުވާ ލިބޭ ސައީދުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅާފައިވެ އެވެ. ދައުވާއާ ގުޅިގެން މަންޑޭ ކޯޓުގައި ބުނެފައި ވަނީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި މިއީ ފުރިހަމަ ނޫން ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި ފުލުހުން ތަހުގީގު ހިންގާފައިވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ