މާލެ: 31°C

މޮޅަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދޭނަން: ރައީސް

January 30, 2025
120 ފަހަރު ބަލާފައި
މޮޅަދޫއަށް ގިނަ ކަންތައްތަކެއް ކޮށްދޭނަން: ރައީސް
ހއ. މޮޅަދޫގެ އާބާދީ ކުޑަ ނަމަވެސް އެރަށުގެ ތަރައްގީއަށް ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. މޮޅަދޫގެ އާބާދީ ކުޑަ ނަމަވެސް އެރަށުގެ ތަރައްގީއަށް ގިނަ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މޮޅަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ، މޮޅަދޫގެ އާބާދީ ކުޑަނަމަވެސް، އެންމެ ބޮޑެތި އާބާދީތަކާ އެއްވަރަށް އެ ރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

412 މީހުންގެ އާބާދީއެއް އޮންނަ މޮޅަދޫގައި މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަވަހަށް ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. 2021 ވަނަ އަހަރު ފެށި މި މަޝްރޫޢު މިހާރު ވަނީ ހުއްޓިފަ އެވެ. މީގެ އިތުރުން ހުއްޓިފައިވާ ސްކޫލް އިމާރާތުގެ މަސައްކަތްވެސް އަލުން ފަށައި، ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ސިއްޙީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހަމަޖައްސައިދެއްވާނެ ކަމަށާއި، ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ މޮޅަދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ރަށުގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ލޯކަލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ