މާލެ: 31°C

އެމްއެންޕީގެ "އުޖާލާ މެނިފެސްޓޯ" ލޯންޗްކުރުން މިރޭ

އެމްއެންޕީގެ "އުޖާލާ މެނިފެސްޓޯ" ލޯންޗްކުރުން މިރޭ
June 7, 2023
2 ފަހަރު ބަލާފައި
އެމްއެންޕީގެ "އުޖާލާ މެނިފެސްޓޯ" ލޯންޗްކުރުން މިރޭ
މި އަހަރު ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމްގެ ރިޔާސީ އިންތިހާބަށް ހާއްސަ "އުޖާލާ މެނިފެސްޓޯ" ލޯންޗް ކުރުން މިރޭ ބާއްވާ ގޮތަށް އެޕާޓިން ނިންމައިފިއެވެ. "އުޖާލާ ޒަމާން"ގެ ނަން ދީފައިވާ މެނިފެސްޓޯ ލޯންޗް ކުރުމަށް ބާއްވާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ހ. މީރުމާ ފުރަތަމަ ފަންގިފިލާގައެވެ. އެމްއެންޕީން ބުނީ މި މެނިފެސްޓޯ އެކުލަވާލާފައި ވަނީ އެމްއެންޕީގެ ޓީމްތަކުން ރަށްތަކަށް ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހުގައި ކަަމަށްވެސް އެމްއެންޕީން ބުންޏެވެ. އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ދަނގެތީ ދާއިރާގެ މެންބަހު މުހައްމަދު ނާޒިމެވެ. ނާޒިމަށް ރަސްމީކޮށް ޓިކެޓް ހަވާލު ކުރުމަށް ކުލަގަދަ ހަފްލާއެއްވެސް އެ ޕާޓީން ބޭއްވި އެެވެ. ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް ވާދަކުރައްވާނެ ކަން މިހާރު ވަޏީ ޔަގީންވެފައެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ