މާލެ: 31°C

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އަށް އަރުވައިފި

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އަށް އަރުވައިފި
May 26, 2023
2 ފަހަރު ބަލާފައި
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އަށް އަރުވައިފި
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ  ޓިކެޓު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް އަރުވައިފިއެވެ. ނާޒިމްއަށް  ރިޔާސީ ޓިކެޓު ހަވާލުކުރީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން، ނާޒިމްގެ ރިޔާސީ އިންތިހާބުގެ ލޯގާ އަދި ޝިއާރު ލޯންޗުކުރުމަށްފަހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ފަށައިފި ކަން އިއުލާނު ކޮށްފައެވެ. ނާޒިމްގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "އުޖާލާޒަމާން" އެވެ. މީގެ އިތުރުން ކެމްޕެއިންގައި ބޭނުންކުރާ ލަވަ ވެސް ވަނީ ރަސްމީކޮށް އިފްތިތާހްކޮށްފައެެވެ. މި ރަސްމިއްޔާތުގައި އެމްއެންޕީ އަށް ތާއީދުކުރާ މެމްބަރުންނާއި ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. https://twitter.com/nazim2023mv/status/1662132954351702022?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1662132954351702022%7Ctwgr%5E3ecbd2745acfa4bfb3a9d7dc7a7a3b00a27bf480%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F177948   ނާޒިމް އަކީ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަންވެސް ނާޒިމް ވަނީ ކުރައްވާފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބަށް، މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިތުރު ބޭފުޅުންނަކީ އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހައާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ.  އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވީނަމަވެސް ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުހަމަ ނުވުމުގެ ސަބަބުން އެ ފުރުސަތެއް އަދި ނެތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ