މާލެ: 31°C

އެމްއެންޕީއަށް ލިބުނު 4 ޕަސެންޓް ވޯޓާއިއެކު ކާނަލް ނާޒިމްގެ ރިޔާސީ ކެންޑިޑޭޓުކަން ބޮޑު ޖޯކަކަށް!

އެމްއެންޕީއަށް ލިބުނު 4 ޕަސެންޓް ވޯޓާއިއެކު ކާނަލް ނާޒިމްގެ ރިޔާސީ ކެންޑިޑޭޓުކަން ބޮޑު ޖޯކަކަށް!
April 17, 2023
3 ފަހަރު ބަލާފައި
އެމްއެންޕީއަށް ލިބުނު 4 ޕަސެންޓް ވޯޓާއިއެކު ކާނަލް ނާޒިމްގެ ރިޔާސީ ކެންޑިޑޭޓުކަން ބޮޑު ޖޯކަކަށް!
ރިޔާސީ ރޭހުގައި އެކަނި ވާދަކޮށް އެއްބުރުން ކާމިޔާބުކުރާނެކަން އިއުލާނުކޮށްފައިވާ އެމްއެންޕީއަށް ގުރައިދޫ ދާއިރާއިން ލިބުނީ އެންމެ 128 ވޯޓެވެ. އެންމެ %4 އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިދާރޭޓުން ކާނަލް ނާޒިމް އަށް ރައީސް ޑރ. ވަހީދަށް ލިބުނު %5 ވެސް ނުލިބި ބޮޑު ޖޯކަކަށް ވުމުގެ ފުރުސަތުބޮޑު ކަމަށެވެ. ކާނަލް ނާޒިމް އަކީ އެއްވެސް އިރެއްގައި ސިޔާސީ މީހެއްނޫނެވެ. މިލިޓްރީގައިވެސް އޮފީސްބައިގައި މަސައްކަތް ކުރެއްވި އޮފީސް އެސިސްޓަންޓްއެކެވެ. ކެރެމޯނީތަކާއި ހަފްލާ ބާއްވަން ކުޅަދާނައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނާ މިލިޓަރީ ޓެކްޓިކްސް އަދި ޓީމްތައް ގޮވައިގެން އުޅޭކަށް ނޭންގެއެވެ. ނާޒިމް އަކީ އަމިއްލަ އުފަލަށް ނުވަތަ ދެއްކުންތެރިކަމަށް ކޮންމެ ފަދަ ހަރަދެއްވެސް ކޮށްފާނެ ބޭފުޅެއްކަމަށް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ކިޔާދެއްވިއެވެ. ނަމަވެސް މީހުނަށް އެހީ ވުމުގައި އަބަދުވެސް ލޯނެއް ނުވަތަ ޝަރުތެއް ކުރާނެއެވެ. "ކާނަލް ނާޒިމް އަކީ އަބަދުވެސް ކޮންމެވެސް މީހެއްގެ ހިޔަނީގައި މަސައްކަތް ކޮށް އެހެންމީހުންގެ މަސައްކަތުގެ ކްރެޑިޓްނަގަން މޮޅުމީހެއް 7 ފެބްރުއަރީ ގައި ހުރިހާ ކަމެއް ނިމުމުން އެތަނަށް އައިސް ދައްކާލީ ނާޒިމް އާއި ރިޔާޒް ކުރިކަމެއްގެ ގޮތުގަ. ނަމަވެސް އޭރު އޮތީ ވާނެ އެއްޗެއްވެފަ. ހަމަ އެހެންމެ ފެނުގެ ކާރިސާ ހައްލުކުރަން އެތައް ފަރާތެއް މަސައްކަތްކުރި. ނަމަވެސް މެޑަލް ޖެހީ ކާނަލް ނާޒިމް." ނާޒިމް ދަންނަ މީހަކު ބުންޏެވެ. އެމްއެންޕީ ހަދައިގެން ވަގު ފޯމް އަޅައިގެން 10 ހާސް މީހުން ހަމަވިކަމަށް އެކިފަރާތްތަކުން ޝަކުވާކޮށް ތުހުމަތުކުރާއިރު އެމްއެންޕީގެ %80 އަކީ އަސްލުފޯމަށް ނުވެދާނެ ކަމުގެ އަލާމާތްތައް އެބަފެނެއެވެ. އެމްއެންޕީއަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި މަޖިލީސް މެމްބަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލަރުންނާއި ސިފައިންނާއި ފުލުހުން ހިމެނެއެވެ. ގުރައިދޫ ދާއިރާގައި އެމްއެންޕީގެ 500 އަށް ވުރެ ގިނަމެމްބަރުން ތިބިކަމަށް ދައުވާ ކުރާއިރު ލިބުނީ 128 ވޯޓެވެ. ޕީޕީއެމް އިން އަދި ޖޭޕީން ކާނަލް ނާޒިމް ކަނޑާލި ސަބަބާއި އަދި އެއްވެސް ފަރާތަކާއި އެކީގައި ޓީމްހަދައިގެން މަސައްކަތް ކުރުމުގެ ގާބިލްކަމެއް ކާނަލް ނާޒިމްގެ ނެތްކަން ދަނީ ހާމަވަމުންނެވެ. އެމްއެންޕީގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި ކާނަލް ނާޒިމް އަކީ މައިކްރޯމެނޭޖް ކުރާ ވަރަށް އިންސެކިއަރ އަދި މިއަދުގެ ކުދިންގެ ބަހުން ބުނާނަމަ ކޮންޓްރޯލް ފްރީކެކެވެ. ނާޒިމް އާއި ފުރަތަމަ ބައްދަލުވާއިރު ވަރަށް ފަސޭހައިން ކޮންމެ ކަމަކަށް ވެސް އާއެކޭބުނެ ދެން އެއްވެސް ހަބަރެއް ނުވެ އެތައް ބަޔަކަށް ވަނީ ޕާޓީ ތެރެއިންވެސް ދޯކާދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ