
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސައިފި
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސައިފި
ލިޔުން:
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އިއްޔެ އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުން ބުނީ މޭޖަރް ޙުސައިން ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖަރ ހުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.
އިންފޮމޭޝަން އޮފިސަރަކީ ސިފައިންގެއާއި ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެއް ކަމަށާއި އެފަދަ މަޢުލޫމާތު ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
